އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ އޭރު ދައުލަތުން ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރިޔާޒު މިހެން ވިދާޅުވީ މިރޭ ވީޓީވީ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާޒު ވިދާޅުވީ އެ ހިޔާނާތުގެ އަމަލަކީ ހަމައެކަނި އެމްއެމްޕީއާރުސީ އެކަނި ހިންގޭނެ އަމަލެއް ނޫން ކަމަށެވެ.
"ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ އެމްއެމްއޭގެ ދަށުގައި ރަނގަޅަށް ފަންކްޝަން ކުރެވުނު ނަމަވެސް، އަދި އެތަނުގެ މީހުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވުނު ނަމަވެސް އެކަމެއް ނުހިނގާނެ،" ރިޔާޒު ވިދާޅުވިއެވެ.
ކަންތައްތަކުގެ އުސޫލުން އެކަންތައް ކުރިއަށް ގެންދިޔަނަމަ ދައުލަތަށް އެހާ ބޮޑު ވައްކަމެއް ދައުލަތަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.