ޚަބަރު

ކުޑަ ދެއަންހެން ކުދިން ގެއްލިގެން ހޯދަނީ

ކުޑަ ދެއަންހެނުން ކުދިން ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަ ދެކުދިންނަކީ ގ. ނާޝިދުވިލާ، ފާޠިމަތު ޝާޙާ އިބްރާހިމް (15އ) އާއި މ.މުލައް، ކޮކާހަނދުވަރު، ނާޖިޙާ ޢަލީ (14އ) އެވެ.

ފުލުހުން ބުނި ގޮތުގައި މި ދެކުދިންގެ ތެރެއިން ފާޠިމަތު ޝާޙާ އިބްރާހިމް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ 23:56 ހާއިރުއެވެ. އަދި ނާޖިޙާ ޢަލީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ 17:23 ހާއިރުއެވެ.

މި ދެކުއިންގެ ތެރެއިން އެއްވެސް ކުއްޖަކާ ބެހޭ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިއުޓީ ނަންބަރ 3331510 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ.