ރިސޯޓު ހަދަން ދޫކުރި ހަތް ރަށުން އާމްދަނީގެ ގޮތުގައި 11.8 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބުނެފިއެވެ.
އެ ހަތް ރަށަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ބީލަމަށް ހުޅުވާލި 21 ރަށުގެ ތެރެއިން އެވޯޑުކުރި ހަތް ރަށެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ އެ ރަށްތަކާއި އެރަށްތަކަށް ހުށަހަޅާފައިވާ ލީސް އެކުއިޒިޝަން ކޯސްޓު އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް ހުށަހަޅާފައިވާ އަގުތައް އިއުލާނުކޮށްފައެވެ.
އެ ރަށްތަކުގެ އެކުއިޒިޝަން ކޯސްޓާއި، ޓްރެއިނިން ފަންޑުގެ 50 އިންސައްތަ ދެއްކުމަަށާއި، އަދި އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ވާނީ 60 ދުވަހުގެ މުއްދަތެއް ދީފައެވެ.