ގ. އީލާމް ގޭގެ ފަސްވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން މިހާރު ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
އަލިފާން ރޯވެފައިވަނީ މެރާކީ ކޮފީ ރޯސްޓާސް ހިންގަމުންދާ އިމާރާތުގައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައެވެ. އަލިފާން ނިއްވުމުގައި އެމްއެންޑީއެފްއާއި ފުލުހުން އަދި އާންމުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ ގޭގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. އެ ހާދިސާ ހިނގުމާއެކު އެ އިމާރާތުގައި ދިރިއުޅެމުންދިޔަ މީހުން ބޭރަށް ނެރެފައިވާ އިރު، އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.