ވިލާ ގޭސް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު އޯޑަރުކުރެވެން ހުންނާނެކަމަށް ވިލާ ހަކަތައިން ބުނެފިއެވެ.
ވިލާ ހަކަތައިން އިއްޔެ ބުނީ، އެޕްލިކޭޝަން މެދުވެރިކޮށް ވިލާ ގޭހަށް އޯޑަރު ދިނުމުން އިތުބާރާއި އަވަސްކަމާއި ރައްކާތެރިކަމާއެކު ޑެލިވަރީކޮށްދޭނެ ކަމަށާއި ވިލާ ގޭސް މޯބައިލް އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް އެކައުންޓްގެ މައުލޫމާތާއި ޕޭމަންޓް ހިސްޓްރީވެސް ފެންނާނެ ގޮތަށް ކަމަށެވެ.
އެ އެޕްލިކޭޝަން މެދުވެރިކޮށް ގޭޭސްފުޅި ގުޅުމަށް ބޭނުންވާ އާލާތްތައް ވެސް ފަސޭހަކަމާއެކު ލިބެން ހުންނާނެކަމަށް ވެސް ވިލާ ހަކަތައިން ވަނީ ބުނެފައެވެ.
ވިލާ ގޭހަކީ ރާއްޖޭގައި އެންމެ ފުރަތަމަ ގޭސް ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އައި ކުންފުންޏަށް ވާއިރު އެ ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ކައްކާ މާކެޓަށް ގޭސް ފޯރުކޮށްދިނުމެވެ. ވިލާ ގޭހަކީ ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑްގެ ރީޓެއިލް ބްރޭންޑެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭސް ރައްކާކުރުމުގެ ނިޒާމާއެކު ހަރުދަނާ ޓީމުގެ ވަރުގަދަ އުމްރާނީ ވަސީލަތްތަކާއެކު، ވިލާ ގޭސް ވެގެން ގޮސްފައިވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުކުރެވޭ އެއް ބްރޭންޑަށެވެ.
ވިލާ ހަކަތައަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން އޮއިލް)، ސިމެންތި އަދި އިމާރާތްކުރާ ސާމާނުގެ ވިޔަފާރި ކުރާ ބޮޑު ކުންފުންޏެކެވެ.