ޚަބަރު

އެމްޑަބްލިޔުއެސްސީގެ އޮފީހުންނާއި އައުޓްލެޓްތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް

މި ރަމަޟާން މަހު މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ އޮފީހުންނާއި އައުޓްލެޓްތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ރޯދަ މަހުގެ ތެރޭގައި އެ ކުންފުނީގެ ކަސްޓަމާ ސާވިސް ފްރަންޓް އޮފީހުންނާއި ޕާޓްނާޑް ބިލް ކަލެކްޝަން އައުޓްލެޓްތަކުން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފައެވެ.

އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ފްރަންޓް އޮފީހުން އާދީއްތަ އިން ބުރާސްފަތި ދުވަހަށް ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 1:00ގެ ނިޔަލަށެވެ. އެ ދުވަސްތަކުގައި އެ އޮފީހުގެ އެހެނިހެން ހިދުމަތްތައް ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00ގެ ނިޔަލަށް ދިނުމަށް ހަމަޖެހިފައިވާ އިރު, ފެން ބިލްޑިންގެ ފަސްވަނަ ފަންގިފިލާއިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

އެމްޑަބްލިޔުއެސްސީގެ ޕާޓްނަރުންނަކީ މާލޭގައި ހުންނަ ސްމާޓް ފޯން, އެލް މޯބައިލް ބިލް ޕޭ, މޯބައިލް ލޯޑް, މެޖެސްޓިކް މޯބައިލް, ވިލިމާލޭގައި ހުންނަ ޓެލެ ޝޮޕް އަދި ކުޅުދުއްފުށީ ސިޓީގައި ހުންނަ ޗޮއިސް އެންޑް ޕްލަސްއެވެ. އެތަންތަނުން ހިދުމަތްދޭ ގަޑިތައް ވެސް އެމްޑިބްލިޔުއެސްސީން ވަނީ އާންމުކޮށްފައެވެ.

އެމްޑަބްލިޔުއެސްސީގެ ޕާޓްނާޑް ބިލް ކަލެކްޝަން އައުޓްލެޓްތަކުން ރޯދަ މަހު ހިދުމަތްދޭ ގަޑިތައް: