ޚަބަރު

މިރެއަށް ތާވަލުކުރި 241 ކޮމިޓީގެ ބައްދަލުވުން ބޭއްވޭ ގޮތެއް ނުވި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މިރެއަށް ތާވަލުކޮށްފައިވާ ބައްދަލުވުން ކެންސަލުކޮށްލައިފި އެވެ.

މިރޭގެ 241 ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދެވޭގޮތް ނުވެފައިވަނީ ކޮމިޓީގެ މެމްބަރުންގެ ކޯރަމް ހަމަ ނުވެގެންނެވެ. ކޮމިޓީގެ މެމްބަރެއް ވަނީ އެކަން "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. އެ ކޮމިޓީއާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުން ތާވަލުކޮށްފައިވަނީ މިރޭ 1900 އަށެވެ.

ގާނޫނު އަސާސީން ލާޒިމުކޮށްގެން، ރައްޔިތުންގެ މަޖިލީހުގައި އުފައްދާފައި އޮންނަ ހަމައެކަނި ކޮމެޓީއަކީ 241 ކޮމެޓީ އެވެ. އެއީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކަންކަން ބަލައި، ޒިންމާދާރުކުރުވުމުގެ ޒިންމާ މަތިކޮށްފައި އޮންނަ ކޮމެޓީއެވެ. އެ ކޮމިޓީގައި 14 މެމްބަރުން ތިއްބަވައެވެ.

މިރޭ އެ ކޮމިޓީން ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާ އިރު، އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެ ކޮމެޓީއަށް ހާޒުކުރަން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އިއްޔެ ވަނީ ހުށަހަޅައިފަ އެވެ. ހަމީދު އެ ކޮމެޓީއަށް ހާޒުރިކުރުމަށް ހުށަހަޅާފައި ވަނީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރި މައްސަލައިގަ އެވެ.