ޚަބަރު

ލ. ގާދޫ ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލައި އަންހެނަކު ގެއްލިއްޖެ

އަހުމަދު ޖައިޝަން

2

ދެ މީހުންނާއެކު ލ. ކައްދޫއިން ދަތުރުކުރަމުން ދިޔަ ޑިންގީއެއް އެ އަތޮޅު ގާދޫއާ ހިސާބުން ބަންޑުން ޖަހާލައި އޭގައި ތިބި މީހުން ވެއްޓި އެކަކު ގެއްލިއްޖެ އެވެ.

ފުލުހުން ބުނީ ޑިންގީ ބަންޑުން ޖަހާލައި ކަނޑަށް ވެއްޓުނު ދެ މީހުންގެ ތެރެއިން ގެއްލިގެން އުޅެނީ އަންހެނެއް ކަމަށެވެ.

ގާދޫ ކަނޑު އޮޅީގައި ޑިންގީ ބަންޑުން ޖަހާލައި، ގެއްލިފައިވަނީ 19 އަހަރުގެ އަންހެނެކެވެ. ޑިންގީ ބަންޑުން ޖަހާލުމުން އެ ޑިންގީ އިން ދަތުރުކުރަމުންދިޔަ ފިރިހެން މީހާ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ސަރަހައްދަށް ގޮސް ގެއްލުނު އަންހެން މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވިން ޓީމުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެ ޑިންގީ ދަތުރުކުރަމުން ދިޔައީ ކައްދޫއިން މާމެންދުއަށް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟