ޚަބަރު

ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އެމްއާރުއެމްއަށް ސޮއިކުރައްވައިފި

އަހުމަދު ޖައިޝަން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އަށް އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ސޮއިކުރައްވައިފި އެވެ.

ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން އެމްއާރުއެމްއަށް ސޮއިކުރައްވާފައިވަނީ އެޕާޓީއަށް މެމްބަރުން ސޮއިކުރުމަށް މިހާރު ކުރިއަށްގެންދާ ހަރަކާތުގައެވެ.

ރައީސް މައުމޫނާއި އަނބިކަނބަލުންގެ އިތުރުން މިރޭ ވަނީ އެ ޕާޓީއަށް ކުރީގެ މިނިސްޓަރު އަދި ރައީސް މައުމޫންގެ ގާތް ރަހުމަތްތެރިޔާ އުމަރު ޒާހިރުވެސް ވަނީ ސޮއިކުރައްވައިފައެވެ.

އެ ބޭފުޅުންގެ އިތުރުންވެސް އެހެން ފަރާތްތަކުން ވަނީ މިރޭ ޕާޓީއަށް ސޮއިކުރައްވައިފައެވެ.

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.