ޚަބަރު

ސިނަމާލެ ބުރިޖު މަތިން މީހަކު ކަނޑަށް ފުންމާލައިފި

ސިނަމާލެ ބުރިޖު މަތިން މީހަކު ކަނޑަށް ފުންމާލައިފިއެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ސިނަމާލެ ބުރިޖު މަތިން ފިރިހެނަކު ކަނޑަށް ފުންމާލުމުން ފުލުހުން ވަނީ އޭނާ ސަލާމަތްކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ބުރިޖު މަތިން އޭނާއާއެކު އިތުރު މީހެއް ވެސް ފުންމާލިއެވެ. އޭގެ ތެރެއިން އެކަކު ފަތާފައި މާލެ އެރުމަށް ފަހު، ފުލުހުންނަށް ރިޕޯޓުކުރުމުން ފުލުހުން ވަނީ ލޯންޗެއްގައި ގޮސް ދެވަނަ މީހާ ނަގައިފައެވެ.

އެ ހާދިސާއާ ގުޅޭގޮތުން އަދި ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.