ޚަބަރު

ނޫސްވެރިން ދިވެހި ބަހަށް ހާއްސަ އިސްކަމެއް ދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި

އަހުމަދު ޖައިޝަން

ދިވެހި ބަސް ބޭނުންކުރުމުގައި ނޫސްވެރިން ހާއްސަ އިސްކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ދޮތުން ބާއްވާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށެވެ. އަދި ދިވެހި ބަސް ގިނައިން ބޭނުންކުރާ ފަރާތްތަކުން އެ ހަމަތަކުގެ މަތީން ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި ބަހުން ލިޔާ ލިޔުންތައް ބަހުގެ ހަމަތަކާއި ގަވާއިދުތަކާ އެއްގޮތަށް ލިޔުމަކީ ވަރަށް މުހިއްމު ކަމެއް. މިހާރު އެންމެ ގިނައިން ލިޔާ ބަޔަކީ ނޫސްވެރިންކަމަށް ވާތީ ހުރިހާ ނޫސްވެރިންވެސް މިކަމަށް ހާއްސަ އިސްކަމެއް ދިނުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.