ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން ފިޔާ، ބިސް އަދި އަލުވި ވިއްކާނެ ހެޔޮ އަގުތަކެއް އެސްޓީއޯއިން ކަނޑައަޅައިފިއެވެ.
އެސްޓީއޯއިން ބުނީ، ރޯދަ މަސް ނިމެންދެން އެސްޓީއޯގެ ސުޕަމާޓުން ފިޔާ، ބިސް އަދި އަލުވި ހެޔޮ އަގުގައި ލިބޭނެ ކަމަށެވެ. އަދި ހޯލްސޭލްކޮށް ނަގާ ފަރާތްތަކަށްވެސް ހާއްސަ އަގުތަކެއްގައި އެތަކެތި ލިބޭނެ ކަމަށް ބުންޏެވެ.
ރޯދަ މަސް ފެށެން 15 ވަރަކަށް ދުވަހަށްވެފައިވާ އިރު، އާންމު ބާޒާރުތަކުގައި ފިޔާ ބަސްތާއެއް ވިއްކަނީ 360-370 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ބިސް ކޭހެއް 335 ރުފިޔާއާއި 350 ރުފިޔާއަށް ވިއްކާ އިރު، އަލުވި ބަސްތާއެއް ވިއްކަނީ 150 ރުފިޔާއަށެވެ.