ޚަބަރު

އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސް ސޯލިހު ގެންގުޅުއްވަނީ ހިތްވަރުގަދަ، ހަމަހަމަ އުސޫލެއް: ނަޝީދު

އަހުމަދު ޖައިޝަން

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަމަލުކުރައްވަމުން ގެންދަވަނީ ހިތްވަރުގަދަ އަދި ހަމަހަމަ އުސޫލު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސް ސޯލިހު ގެންގުޅުއްވާ އުސޫލަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށެވެ.

އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާ މެދު އަވަސް ފިޔަވަޅު އަޅުއްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ގޭގައި މަޑުކުރެއްވުމަށް ރައީސް ސޯލިހު ވަނީ އަންގަވައިފައެވެ.