މިއަހަރުގެ ރޯދަ މަހު އުމްރާއަށް ދާން ބޭނުންވާ މީހުންނަށް ފަސޭހައިން ޕާސްޕޯޓް ހެއްދޭނެ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އުމްރާގެ އަޅުކަމަށް ފުރާ އިރު، ޕާސްޕޯޓް ހަދަން ގިނަ ހުށަހެޅުންތަކެއް ލިބެއެވެ.
އެކަމާ ގުޅިގެން އިމިގްރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ, އެ ފަރާތްތަކަށް ލުއިކޮށްދިނުމުގެ ގޮތުން މިއަދުން ފެށިގެން ރޯދަ މަސް ނިމެންދެން ދިވެހި ޕާސްޕޯޓް ސެކްޝަންގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އުމްރާއަށް ދަތުރުކުރާ މީހުން, އެޕްލިކޭޝަން ހުށަހެޅުމަށްފަހު ރަސްމީ މަސައްކަތު ގަޑީގައި އެކަމަށް ހާއްސަކޮށްފައިވާ ނަންބަރު 9199165 އަށް ގުޅުމަށް އިމިގްރޭޝަނުން އެދެއެވެ.
ޕާސްޕޯޓް އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ތަކެތި: