ދިވެހިންގެ ތަރައްގީއާ ސުލްހަ މަސަލަަސްކަމާއި އެއްބައިވަންތަކަން ގާއިމްކޮށްދެނީ މާދަރީ ބަސް ކަމަށްވާ ދިވެހި ބަހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި މާދަރަ ބަހުގެ އަހުލުވެރިންނަށް މަރުހަބާއާއި ތަހުނިޔާ ދަންނަވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހަކީ، ކޮންމެ ބަޔަކު ވެސް އެބައެއްގެ މާދަރީ ބަސް ދިރުވައި އާލާ ކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.