ޚަބަރު

ބީއެމްއެލުން ހިރަލަންދޫގައި ސެލްފް ސާވިސް އޭޓީއެމްއެއް ހުޅުވައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތ. ހިރިލަންދޫގައި މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ ހިރަލަންދޫގައި މިއަދު ހުޅުވި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ސެލްފް ސާވިސް ހިދުމަތް ފުޅާކޮށް ހިރިލަންދޫގައި އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދެވޭ ކަމީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެ އޭޓީއެމްގެ ސަބަބުން ބޭންކިން ހިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ހިރިލަންދޫގައި މިއަދު ހުޅުވި އޭޓީއެމް ހިދުމަތާއެކު މިވަގުތު އެ އަތޮޅު ގުރައިދޫ އަދި ވޭމަންޑޫގައިވެސް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ތިމަރަފުށީގައިވެސް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ.

ބީއެމްއެލުން ވަނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 35 ބްރާންޗް، 80 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ތައާރަފުކޮށްފައެވެ.