ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ކުންފުނީގައި ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ އަންހެން ބޭފުޅުންނަށާއި ކުންފުނީގެ އެކި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓުންނަށް ހާއްސަ އެވޯޑެއް ދީފިއެވެ.
ކްރޮސްރޯޑްސްގައި ރޭ ބޭއްވި ހަފުލާގައި އެ އެވޯޑުތައް ދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.
ހަފުލާގައި ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ އެވޯޑް 12 އަންހެން ބޭފުޅަކަށް ދީފައިވެއެވެ. އޭގެ ތެރޭގައި ކުންފުންޏަށް 20 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ ފަރާތްތައްވެސް ހިމެނެއެވެ. ހަފުލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑް އެމްޕީއެލްގައި 30 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތްކޮށް ހޯއްދެވީ ކާގޯ އެޕަރޭޝަންސް ޑިޕާޓްމެންޓްގެ ސީނިއާ ޗީފް މެނޭޖަރު ރަޒިއްޔާ މޫސާއެވެ.
ކުންފުންޏަށް ގިނަ ދުވަސް ހިދުމަތް ކޮށް އެވޯޑް ހޯދި ފަރާތްތައް:
މީގެ އިތުރުންވެސް ކުންފުނީގެ ސެކްރެޓޭރިއެޓުންގެ ގޮތުގައި މަސައްކަތް ކުރާ އެކި ފަރާތައް ހާއްސަ ސެކްރެޓޭރިއެޓް އެވޯޑެއް ރޭގެ ހަފުލާގައި ވަނީ ދީފައެވެ. އެ އެވޯޑް ޖުމުލަ ހަތަރު އަންހެން ބޭފުޅަކަށް ދީފައިވެއެވެ. އެ ބޭފުޅުންނަކީ:
މި އެވޯޑްތައް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲއެވެ.
މީގެ އިތުރުންވެސް، ރޭގެ ހަފްލާގައި އަންހެނުންނަށް ހާއްސަކޮށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް އިފުތިތާހުކޮށް، "ޓްރައުމާ ލީވް ޕޮލިސީ" އެއް އިއުލާނުކޮށްފައިވެއެވެ.