ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އެމެރިކާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 9.75 މިލިއަން ޑޮލަރު ދެނީ

މުހައްމަދު އައުޒަމް

އެމެރިކާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 9.75 މިލިއަން ޑޮލަރު ދިނުމަށް ކޮންގްރެސްއަށް ހުށަހެޅުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ސެކްރެޓަރީ ޕޮމްޕެއޯއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޕޮމްޕިއޯގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ދެބޭފުޅުންގެ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައިވާ ބައިލެޓަރަލް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ދެގައުމު ގުޅިގެން ސަލާމަތީ ކަންކަމުގައި އެހީތެރިކަން އިތުރު ކުރެވޭނެ ދާއިރާތަކުގައި މަސައްކަތް ކުރުމަށް ވަނީ މަޝްވަރާ ކުރައްވައިފަވެ. އެގޮތުން އޭވިއޭޝަން ސެކިއުރިޓީގެ ދައިރާގެ ކަންކަން ހަރުދަނާ ކުރުމަށް އެމެރިކާއިން އެހީ ވުމަށް ވަނީ ނިންމައިފައެވެ.

މިބައްދަލުވުމުގައި ސެކްރެޓަރީ ޕޮމްޕެއޯ ވަނީ މިސަރުކާރުގައި ޖުޑިޝަރީ ރިފޯމް ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް މަރުހަބާ ވިދާޅުވެފައެވެ.