ހުޅުމާލޭގައި މީހެއްގެ ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ޒަހަމްވެފައި ވަނީ 33 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.
އަދި ހުޅުމާލޭގައި މާރާމާރީ އެއް ހިންގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 7:10 އެހާކަންހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ މާރާމާރީގައި އަތާއި ބޮލަށް އަދި މެޔަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުނެވެ.
އަދި އެމީހާއަށް ލިބިފައިވާ އަނިޔާ ސީރިއަސްނޫން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.