ޚަބަރު

ގއ. އަތޮޅުގެ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށާއި ކޫއްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސް މިރޭ މާލެ އެނބުރި ވަޑައިގެންފައިވާއިރު އެމަނިކުފާނުގެ އެ ދަތުރުފުޅަކީ "މަސްދޯނި އެކައުންޓް" އިފްތިތާހުކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް އެ ހިދުމަތް އިފްތިތާހުކުރައްވާފައިވަނީ ގއ. ކޫއްޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެކަނިކުފާނުގެ ދަތުރުފުޅުގައި ގއ. އަތޮޅު ކައުންސިލާއި ވިލިނގިލި ކައުންސިލުގެ އިތުރުން ވިލިނގިލީ މުއައްސަސާތަކުގެ އިސްވެރީންނާ ވެސް ވަނީ މިއަދު ބައްދަލުކުރައްވާފައެވެ.

އެ ދަތުރުފުޅުގައި ރައީސް ގއ. އަތޮޅަށް ވަޑައިންނެވީ މިއަދު މެންދުރުފަހުގައެވެ.