ޚަބަރު

ހުޅުމާލޭގައި ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކަށް ފަރުވާދެނީ

މުހައްމަދު އިޝާން

ހުޅުމާލޭ ފޭސް ދޭއްގައި ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، ފޭސް ދޭއްގައި އަނިޔާތަކެއް ލިބިފައިވާ އޮތް ބިދޭސީއެއް މަގުމަތީގައި އޮތް ކަމުގެ ރިޕޯޓު މިއަދު ހަވީރު 5:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އަނިޔާވެފައިވަނީ 32 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެ މީހާގެ ބޯ ފަޅައިގެން ގޮސްފައިވާތީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިތުރު އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.