ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ތާރު އަޅައި ނިންމާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހިޔާ ފްލެޓް ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އާންމުންނަށް މާދަމާއިން ފެށިގެން މަގުތައް ބޭނުން ކުރެވޭނެ ކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ މި މަސް ނިމުމުގެ ކުރިން ޒަރޫރީ ބޭނުންތައް ހިޔާ ފްލެޓް ސަރަހައްދުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.
ހިޔާ ފްލެޓްތައް ހިމެނޭ ސަަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން އެޗްޑީސީން ފުރަތަމަ އަމާޒު ހިފީ މިދިޔަ އަހަރުގެ ނޮވެންބަރު މަހަށެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެ ތާރީހަށް ނިންމޭ ގޮތް ނުވިއެވެ.