ޑިފެންސް މިނިސްޓްރީގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބޭފުޅަކު ހަމަޖައްސައިފި އެވެ.
އެ މަގާމަށް ރައީސް ހަމަޖައްސަވާފައިވަނީ މއ. މާވެޔޮވިލާ، ހަސަން ޒަމީލެވެ.
ހަސަން ޒަމީލަކީ މާސްޓަރ އޮފް ލޯ ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ މީގެކުރީން ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައިވެސް އޭނާ ވަނީ މަސައްކަތްކުރައްވާފައެވެ.