ޚަބަރު

ވިހެއުމާ ގުޅިގެން ފެނަކައިގެ މުވައްޒަފުންނަށް ދޭ ޗުއްޓީގެ މުއްދަތު އިތުރުކޮށްފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ވައުދާ އެއްގޮތަށް ވިހެއުމާ ގުޅިގެން ފެނަކައިގެ މުވައްޒަފުންނަށް ޗުއްޓީދޭ ދުވަހުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފެނަކައިން މިކަން އިއުލާނުކޮށްފައިވަނީ މިއަދު ކުރި ޓުވީޓެއްގައެވެ. މިގޮތުން ދެން ފެނަކައިގެ މުވައްޒަފުންގެ ތެރެއިން ވިހެއުމަށް ފަހު ކޮންމެ މަޔަކަށް ހަ މަސްދުވަހުގެ ޗުއްޓީ އަދި ބައްޕައަކަށް 30 ދުވަހުގެ ޗުއްޓީ ލިބޭނެކަމަށް ފެނަކައިން ހާމަކުރިއެވެ.

ފެނަކައިގެ ކުރިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ވެސް ވަނީ ރައީސް ސޯލިހުގެ މިވައުދަށް އަމަލު ކުރުމަށް ފަށައިފައެވެ.