ޚަބަރު

އުރީދޫން ސެމްސަންގް އެސް 22 އަލްޓްރާ ޕްރީ އޯޑަރަށް ހުޅުވާލައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ހާއްސަ އޮފާ ތަކަކާއެކު އުރީދޫ މޯލްޑިވްސްއިން ސެމްސަންގުގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ އެސް 22 އަލްޓްރާ ޕްރީއޯޑާ ކުރުމަށް ހުޅުވާލައިފިއެވެ.

އޫރިދޫން މިއަދު ބުނީ ގެލެކްސީ ޕްރީއޯޑަރަށް ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ފޯނަކާއެކު ޕްރީއޯޑާ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ކޮންމެ މަހަކު 10 ޖީބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށެވެ. އަދި މި ޑޭޓާ ލިބޭނީ ފޯނަށް އެންމެ ފުރަތަމަަ ލައްވާ އުރީދޫ ސިމަށް ކަމަށާއި ބޯނަސް ޑޭޓާގެ އިތުރުން ޕްރީ އޯޑާ ކަސްޓަމަަރުންނަށް ގެލެކްސީ ބަޑްސް ދޭއް ވެސް ލިބޭނެ ކަމަށް އޫރިދޫން ބުންޏެވެ.

އޫރިދޫން ބުނީ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ އެކުންފުނީގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާ ހަމަޔަށް ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ. އަދި ޕްރީއޯޑާ ކުރާ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެ ކަމަށްވެސް ބުންޏެވެ.

ފައިވްޖީ ގެ ހަލުވި ސްޕީޑްތައް ތަަޖުރިބާ ކޮށްލެވޭ ގެލެކްސީ އެސް 22 އަލްޓްރާ ފަަރުމާކުރެވިފައިވަނީ ސެމްސަންގްގެ އެންމެ ކުރިއަރާފައިވާ ކެމެރާ ސިސްޓަމާއެކު ދުވާލު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެންމެ ފުރިހަމަ ފޮޓޯ އަދި ވީޑިއޯ ކުރެވޭ ގޮތަށެވެ.