ރައީސް ޔާމީން

ރައީސް ޔާމީން ކުއްލި ގޮތަކަށް އައިޖީއެމްއެޗަށް ގެނެސް ހިތުގެ ޑިޕާޓްމަންޓްގައި ފަރުވާދެނީ

1
21 Feb 05:38
21 Feb 05:25

އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުފީދު "ވަން އޮންލައިން"އަށް ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު 24 ގަޑިއިރަށް ރައީސް ޔާމީން އެޑްމިޓްކޮށްފައިވާ ކަމަށާއި ރައީސް ޔާމީން އެޑްމިޑްކޮށްފައިވަނީ ހިތުގެ ބަލީގެ ޑިޕާޓްމަންޓުގައި ކަމަށް.

21 Feb 04:49

ރައީސް ޔާމީންގެ ހާލުކޮޅު ބައްލަވައިލެއްވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، އައިޖީއެމްއެޗްއަށް ވަޑައިގެންފި.

21 Feb 04:17
21 Feb 04:05

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވީ ދިވެހި ފުލުހުންގެ މި އަމަލުތަކަކީ ޒަޔަނިސްޓު ދައުލަތުން ފަލަސްތީނު ރައްޔިތުންނަށް ހިންގާ ވަރުގެ ލާއިންސާނީ އަމަލުތަކެއް ކަމަށް.

21 Feb 04:00

އަދިވެސް ރައީސް ޔާމީންގެ ސަޕޯޓަރުން ތިބީ އައިޖީއެމްއެޗްގެ ތެރޭ. އޭގެ ތެރޭގައި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ހިމެނޭ.

21 Feb 03:57

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އަނިޔާވެގެން ފަރުވާދުމުން އަންނަ ކަމަށް.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި، ކްރިމިނަލް ކޯޓުގެ ހުކުމަކާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރައްވާފައި ހުންނެވި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ކުއްލި ގޮތަކަށް ޑޮކްޓަރަށް ދެއްކުމަށް ޓަކައި އައިޖީއެމްއެޗަށް ގެނެސް ހިތުގެ ބަލީގެ ޑިޕާޓްމެންޓުގައި ފަރުވާދޭން ފަށައިފި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން މާލެއަށް ގެނައީ އެމަނިކުފާނު ގެންނަނީ ހޮސްޕިޓަލަށް ގެންދަން ކަމުގެ މައުލޫމާތު ދިނުމަކާނުލަ އެވެ. އަދި އެމަނިކުފާނު މާލެއަށް ގެނެސްފައި ވަނީ އެމަނިކުފާނު އެކަމަށް އެދިވަޑައިގެން ނޫން ކަމަށް އެނގިފައިވެ އެވެ.

އެހެން ނަމަވެސް މާލެ ގެނައުމަށް ފަހު، އެއީ ރޫޓިން މެޑިކަލް ޗެކަޕަކަށަ ގެނައި ގެނައުމެއް ކަމަށް އެންގި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުން ދާދި ދެންމެ "ވަން އޮންލައިން"އަށް ވިދާޅުވީ، އެމަނިކުފާނު މާލެ ގެންނަކަން ލޯޔަރުންނަށް އަންގާފައި ނުވާ ކަމަށެވެ.

"ލޯޔަރުންނަކަށް ނާންގާ. އަޅުގަނޑުމެނަށް އެނގުނީ މެޑަމް ފާތުމަތު އިބްރާހީމްގެ ފަަރާތުން. އެބޭފުޅުން އެންގެވީ މެޑަމް އަށް. ބައިގަޑިއިރު ތެރޭ ގެންނަކަން އެނގުނީ." ގާނޫނީ ޓީމުން ވަން އޮންލައިން އަށް ވިދާޅުވި އެވެ.

އިތުރު ތަފްސީލް އަންނަނީ......