ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ބަޔާނެއް ނަގައިފިއެވެ.
އޭސީސީއަށް މަހުލޫފު ހާޒިރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އޭސީސީއަށް ހާޒިރުކުރިކަން އަންގައި، މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެމައްސަލައިގައި ވީހާވެސް އަވަހަކަށް ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްވި މައްސަލައިގައި ހިންގި ތަހުގީގު ރިޕޯޓު ނެރުނު އިރު ދައުލަތުގެ ފައިސާ އެސްއޯއެފުން ޖަމާކުރި މީހުންނާއި ފައިސާ ޖަމާކުރި ކުންފުނިތައް އާއްމުކޮށްފައިވެއެވެ.
އެގޮތުން އެސްއޯއެފުގެ އެކައުންޓުން މިނިސްޓަރު މަހުލޫފުގެ އެކައުންޓަށް 33 ހާސް ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީން ހާމަކުރި ރިޕޯޓްގައި ވަނީ ބުނެފައެވެ.
އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މަހުލޫފް ގޭގައި މަޑުކުރައްވަން ރައީސް ސޯލިހު ވަނީ އަންގަވައިފަ އެވެ.