ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށާއި ކޫއްޑޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ "މަސްދޯނި އެކައުންޓް" އިފްތިތާހުކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އޭގެ އިތުރުން މި ދަތުރުފުޅުގައި ގއ. އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުމާއި ވިލިނގިލި ކައުންސިލާ ބައްދަލުކުރެއްވުމުގެ އިތުރުން ވިލިނގިލީ މުއައްސަސާތަކުގެ އިސްވެރީންނާ ވެސް ރައީސްގެ ދަތުރުފުޅުގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖައްސައިފައެވެ.
މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖައްސައިފައި ވަނީ މިރޭގެ ވަގުތެއްގައެވެ.