ޚަބަރު

އަދުރޭ ކައިރިއަށް ރައީސް ވަޑައިގަންނަވާކަށް ނުޖެހޭ: ނާދިރާ

މަރިޔަމް ޝަހުދާ

މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ކައިރިއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަޑައިގަންނަވަން ނުޖެހޭކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

ނާދިރާ މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ރައީސް ސޯލިހުއަށް އިޝާރާތްކޮށް އެބޭފުޅުންނާއި ވާހަކަދެއްކެވުމަށް ވަޑައިގަންނަވައިފިނަމަ ހިޔާނާތުގެ ފައިސާ ނެންގެވި އެމްޑީޕީގެ މެންބަރުން ދައްކަވާނެ ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި ނާދިރާ ވަނީ އަދުރޭއަށް އިޝާރާތްކުރައްވައި އަމިއްލަ ނަފްސުން ފެއްޓެވުމަށް ލަފާއަރުވައިފައެވެ. މީގެ އިތުރުން ރައްޔިތުން ތިއްބެވީ އަޑު އެހުމަށް ކަމަށާއި މައްސަލަ ފުލުހުންނަށް ހުށައެޅުއްވުމަށް ނާދިރާގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ. އަދުރޭއަށް އެ ގޮތަށް ކަންކުރަން ކެރިވަޑައިގަންނަވާތޯ ނާދިރާ ވަނީ ސުވާލު ކުރައްވައިފައެވެ.