ޚަބަރު

އެމެރިކާގެ ޓްރޭޑް ޕޮލިސީގެ ރެޕްރެޒެންޓޭޓިވްއާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

މަރިޔަމް ޝަހުދާ

އެމެރިކާގެ ޓްރޭޑް ޕޮލިސީގެ ރެޕްރެޒެންޓޭޓިވް އެޑް ގްރެސާއާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

އެމެރިކާގެ ވޮޝިންގްޓަން ޑީސީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގެ ތެރެއިން މިނިސްޓަރ އެމެރިކާގެ ޓްރޭޑް ޕޮލިސީގެ ރެޕްރެޒެންޓޭޓިވްއާ ބައްދަލު ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އެމެރިކާއާ ދެމެދުގެ ވިޔަފާރީގެ މަސައްކަތްތައް އިތުރަށް ފުޅާކުރާނެގޮތުގެ އިތުރުން އިގްތިސާދާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން މުސްތަގުބަލުގައި އެމެރިކާގެ ވިޔަފާރިވެރިން ރާއްޖެއަށް އިންވެސްޓުކުރުމަށް ޝައުގުވެރިވާނެ ގޮތްތަކާއި އެމެރިކާއަށް ރާއްޖޭގައި ތައްޔާރުކުރާ އެކި މަހުގެ ޕްރޮޑަކްޓްސް އެކްސްޕޯޓު ކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސޭނެ ގޮތަކާ މެދުވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި އެޑް ގްރެސާ ވަނީ ރާއްޖެއާއި އެމެރިކާއާ މެދު 2009 ވަނަ އަހަރު ވެވުނު އެއްބަސްވުމެއް ކަމަށްވާ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމަންޓަށް އަލުން މިއަހަރު މެއި މަހުން ފެށިގެން އަމަލުކުރުމަށް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ. މި އެގްރީމަންޓަކީ ރާއްޖެއާއި އެމެރިކާއާ ދެމެދުގެ ވިޔަފާރި އިތުރަށް ކުރިއަރުވައި، މުދާ އެކްސްޕޯޓް އަދި އިމްޕޯޓުކުރުމުގައި ދިމާވާ ދަތިތައް މަދުކޮށް ޕްރޮޕަޓީ ވޯކާސްގެ މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތަށް ރައްކާތެރިކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.

މިނިސްޓަރ ޝަހީދު ވޮޝިންގްޓަން ޑީސީ ސްޓޭޓަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.