ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ނަމުގައި ފޭކް ފޭސްބުކް އެކައުންޓުތަކެއް އުޅޭތީ އެކަމަށް ސަމާލުވުމަށް ރައީސް އޮފީހުން އެދެފިއެވެ.
މިކަމާ ގުޅިގެން ރައީސް ސޯލިހުގެ ތަރުޖަމާނު އިބްރާހީމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ސޯލިހު ގެންގުޅުއްވަނީ އެންމެ ފޭސްބުކް އެކައުންޓެއް ކަމަށް ވިދާޅުވެފައެވެ.
ހޫދް ވަނީ ރައީސް ސޯލިހުގެ ނަންފުޅުގައި އިތުރު އެހެން އެކައުންޓުތަކާއި ޕޭޖުތަކުގެ އިތުރުން އެ އެކައުންޓުތަކާއި ޕޭޖުތަކުގައި ހުންނަ ކޮންޓެންޓް ތަކަކީ ރައީސް ސޯލިހުއާއި އެއްވެސް ގޮތަކަށް ގުޅުމެއް ނެތް ކޮންޓެންޓް ކަމަށް ވިދާޅުވެފައެވެ.