އިބްރާހިމް ޒަކީ
ރާއްޖޭގެ ރަށްރަށުގައި ހޮސްޕިޓަލްތައް ގާއިމު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްތަކުގެ ދަށުން، 100 އެނދުގެ ބައެއް ޓާޝަރީ ހޮސްޕިޓަލްތަކާއި، 50 އެނދުގެ ހޮސްޕިޓަލްތައް މި އަހަރުގެ ދެވަނަ ކުއާޓާގައި ޓެންޑާ ކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފަސް ޕްރޮޖެކްޓެއްގެ ދަށުން ރާއްޖޭގެ، 25 ރަށެއްގައި އެކި ވަރުގެ ހޮސްޕިޓަލް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ތެރެއިން 30 އެނދުގެ ހޮސްޕިޓަލްތައް މި ފެށޭ މާޗުމަހު ޓެންޑާ ކުރެވޭނެ ކަމަށެވެ. އަދި 50 އެނދުގެ ހޮސްޕިޓަލްތައް މިއަހަރުގެ ދެވަނަ ކުއާޓާގައި ޓެންޑާ ކުރެވޭނެ ކަމަށާއި، ޓާޝަރީ ހޮސްޕިޓަލްތައް ދެވަނަ ކުއާޓާގެ ފަހުބައިގައި ޓެންޑާ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްތްގައި ހިމެނޭ ހޮސްޕިޓަލްތަކުގެ ތެރެއިން 30 އެނދުގެ ހޮސްޕިޓާތައް މިހާރުޓެންޑާ ކުރެވިފައިވާ ކަމަށެވެ. އަދި 50 އެނދުގެ ހޮސްޕިޓާތައް ދެވަނަ ކުއާޓާގައި ޓެންޑާ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ހޮސްޕިޓާތައް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޓެންޑާ ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނަސީމު ވިދާޅުވީ، ޑޯޖާ ބޭންކު ލޯނުގެ އެހީގައި، ލ. ގަމުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ދެވަނަ ކުއާޓާގައި އަދި ގދ. ގައްދޫގައި ގާއިމްކުރާ 30 އެނދުގެ ހޮސްޕިޓަލް ދެވަނަ ކުއާޓާގައި ޓެންޑައަށް ލައްވާނެ ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދު ކޮށްގެން ކުރިއަށްގެންދާ ހޮސްޕިޓަލްތަކުގެ ތެރެއިން ށ. ފުނަދޫ އާއި ރ.މީދޫ އާއި ބ.ތުޅާދޫ އާއި ހއ. ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތްތައްވެސް ދެވަނަ ކުއާޓާގައި ޓެންޑާ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުގެ އެހީގައި ނެޝަނަލް ހެލްތު ލެބޯޓްރީގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.