ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އެމެރިކާގެ ވޮޝިންގްޓަން ޑީސީއަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ގެ އިތުރުން އެމެރިކާ ސަރުކާރުގެ އިސް އެހެންބައެއް އޮފިޝަލުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެމެރިކާގެ އެޓްލާންޓިކް ކައުންސިލް ގައި ރާއްޖޭގެ ޑިކޮސްރަސީ އާއި ގުޅޭގޮތުން ވާހަކަ ދައްކަވާނެކަމަށް ފޮރިން މިނިސްޓަރު ޝާހިދު މިކަމާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ޝާހިދު ވޮޝިންގްޓަން ޑީސީއަށް ވަޑައިގަންނަވާފައި ވަނީ ދެދުވަހުގެ ދަތުރު ފުޅެއްގަ އެވެ.