އަލީ ޔާމިން
ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ނިންމާލައި މަގުތައް އާންމުންނަށް ހުޅުވައިލާނެ ކަަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.
އެޗްޑީސީން މިއަދު ކުރިި އިއުލާނެއްގައި ބުނީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުތަކުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދާ ކަމަށެވެ.
"ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަޙައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މަގު ހުޅުވައިލެވޭނެ،" އެޗްޑީސީން ބުންޏެވެ.
ހިޔާ ފްލެޓްތައް ހިމެނޭ ސަަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން އެޗްޑީސީން ފުރަތަމަ އަމާޒު ހިފީ މިދިޔަ އަހަރުގެ ނޮވެންބަރު މަހަށެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެ ތާރީހަށް ނިންމޭ ގޮތް ނުވިއެވެ.
އެޗްޑީސީން ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެންމެ ބޮޑު އިސްކަމެއް ދެނީ ހިޔާ ފްލެޓްތައް ކައިރީގެ މަގުތައް ނިންމުމަށް ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެއެވެ.