ޚަބަރު

ކުއީން އެލިޒަބަތު ކޮވިޑަށް ޕޮޒިޓިވްވުމުން ރައީސް ސޯލިހް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

މުހައްމަދު އިޝާން

އިނގިރޭސިވިލާތުގެ ކުއީން އެލިޒަބަތު ދޭއް ކޮވިޑަށް ޕޮޒިޓްވްވުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކަމަނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.

ރާނީ ކޮވިޑަށް ޕޮޒިޓިވްވުމުން މިއަދު ހަވީރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާނީ ކޮވިޑަށް ޕޮޒިޓިވްވިކަމުގެ ހަބަރު އެއްސެވީ ފުން ހިތާމަޔާ އެކުގައި ކަމަށެވެ. ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ ފަރާތްޕުޅުން ރަނީއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

އުމުރުން 98 އަހަރުފުޅުގެ ރާނީ އެލިޒަބަތު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރީ އިނގިރޭސިވިލާތުގެ ޝާހީގަނޑުވަރު، ބަކިންހަމް ޕެލެސްއިންނެވެ. ޝާހީގަނޑުވަރުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާނީގެ ކިބައިން މިވަގުތު ފެންނަމުންދަނީ ބަލީގެ ކުދި އަލާމާތްތައް ކަމަށާއި އެއީ ހުން އައުމާއި ރޯގައިގެ އަލާމަތްތައް ކަމަށެވެ. ރާނީގެ ސިއްހީ ކަންކަން ބެލެހެއްޓުމަށް ހާއްސަ ކޮށްފައިވާ މެޑިކަލްޓީމުން ދަނީ ރާނީގެ ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރަމުންނެވެ.

ޝާހީގަނޑުވަރުން ބުނީ ކޮވިޑުގެ ސަބަބުން އެގައުމުގައި އަމަލުކުރަމުންދާ ގައިޑްލައިނަށް ރާނީ ފުރިހަމައަށް އަމަލުފުޅު ކުރައްވާ ކަމަށެވެ. އަދި ބުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު ކޮވިޑު ވެކްސިން ވެސް ރާނީ ފުރިހަމަކުރައްވާފައިވާ ކަމަށެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާނީ ވަނީ ރަސްކަމުގެ ވާރުތަވެރިޔާ ޗާލްސްއާ ކޮންޓެކްޓުވެފައެވެ. ޗާލްސް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ޝާހީގަނޑުވަރުގެ ގިނަ މުވައްޒަފުންތަކެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.