މޫލީ މެދުވެރިކޮށް 50 ޑޮލަރުގެ އެޕަލް ގިފްޓް ކާޑަކާއި ދިވެހީންގެ މެދުގައި މަޝްހޫރު މޯބައިލް ގޭމް، ޕަބްޖީ 3850 ޔޫސީ ކާމިޔާބުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޫލީ އަކީ ޑެލިވަރީގެ ހިދުމަތްދޭ އޮންލައިން ޕްލެޓްފޯމެކެވެ.
މޫލީން ބުނީ މިމަހުގެ 28ގެ ކުރިން އެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އީޓޫއެސްގެ ޕްރޮޑަކްޓެއް ގަނެގެން، 50 ޑޮލަރުގެ އެޕަލް ޕްރޮޑަކްޓުގެ ގިފްޓް ކާޑެއް ނުވަތަ 3850 ޕަބްޖީ ޔޫސީ ހޯދުމުގެ ފުރުސަތު މިހާރު ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ކޮންމެ ހަދިޔާއަކަށް ނަސީބުވެރިިޔަކު ހޮވާނެ ކަމަށާއި އެގޮތުން ނަސީބުވެރި އެއް ފަރާތަކަށް އެޕަލް ގިފްޓް ކާޑު ލިބޭ އިރު، ދެވަނަ ނަސީބުވެރިޔަކަށް 3850 ޕަބްޖީ ޔޫސީ ލިބޭނެ ކަމަށްވެސް ބުންޏެވެ.
އީޓޫއެސް އަކީ ނެޓްފްލިކްސް، އެޕަލް ޕްލެޓްފޯމް، ޕްލޭސްޓޭޝަން، މައިކްރޯސޮފްޓް އަދި މިނޫންވެސް އެތައް ބަޔަކަށް ބޭނުންކުރެވޭނެ ޑިޖިޓަލް ކާޑުތަކެއް ހުންނަ ޕްރޮޑަކްޓުތަކެކެވެ.