މާލޭގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ބިޑިއަކުން ޖެހި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ 1846 ހާއިރު އަންހެން ކުއްޖާއަށް އަނިޔާވެފައިވަނީ ދިއްލީމަގު، ހ. މައިސޫރިގޭގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ބިޑިއަކުން ޖެހިއެވެ.
އެގޮތުން އެ ބިޑި ޖެހިފައިވަނީ އެ އަންހެން ކުއްޖާގެ ބުރަކަށީގައި ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައިގައި އަންހެން ކުއްޖާއަށް މާބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމުގެ މައުލޫމާތު ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
ރޭގައި މާލޭގެ އިމާރާތަކުން ކުނިކޮތަޅެއް ވެއްޓި އަންހެނެއްގެ ބޮލަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.