ޚަބަރު

ވައްކަމުގެ މައްސަލައެއްގައި ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް

މުހައްމަދު އިޝާން

ވައްކަމުގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއްގެ މެދުގައި ހިންގި ބޮޑު މާރާމާރީއެއްގައި ތިން ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

އެ މާރާމާރީ ހިންގާފައިވަނީ މިރޭ 8:00 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލެ ފޭސް ދޭއްގައި ބިދޭސީން ތަކެއްގެ މެދުގައި މާރާމާރީ އެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ބުނީ މާރާމާރީގައި ތިން ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށާއި އެ ތިން މީހުންނަށް ވެސް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

ބިދޭސީންގެ މެދުގައި މާރާމާރީ ހިނގާފައިވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާރާމާރީގައި އަނިޔާލިބުނު މީހުން ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ފޮޓޯތަކުން ފެންނަ ގޮތުގައި މާރާމާރީގެ ތެރެއިން ދެ މީހެއްގެ ބުރަކަށްޓަށާއި އަތަށް ވަޅި ހަރާފައިވާއިރު، އެކަކުގެ ކޮނޑުހުޅަށް ވެސް ވަނީ ހަމާލާދީ ޒަހަމްކޮށްލައިފައެވެ. އަދި ލިބުނު ޒަހަމްތަކާއެކު އެކަކު އިނީ ބިންމަތީގައި އިށީނދެގެނެވެ.