ޚަބަރު

ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ އަޕްޑޭޓް ދީފި

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓް ދީފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ކާސްޓިން މަސައްކަތްތަކުގެ 74 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތާއި ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި 25،909 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ލެވަލްކޮށް ތާރުއަޅައި ތަރައްގީރުމާއި 11،114 އަކަމީޓަރު ސަރަހައްދެއްގައި ދުވާރު ހެދުމާއި ފެންހިންދާ ނިޒާމެއް ގާއިމު ކުރާނެއެވެ.

މީގެ އިތުރުން މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މަސައްކަތް ނިންމައި ހަވާލުކުރުމަށް ދީފައިވަނީ 470 ދުވަހެވެ.