ޚަބަރު

ކޮޅުފުށީ ފަތާ ސަރަހައްދު ކޮނުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

މ. ކޮޅުފުށި ފަތާ ސަރަހައްދު ކޮނުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ފަތާ ސަރަހައްދުގެ ޑްރެޖިން މަސައްކަތްތަކުގެ 58 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 9683 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 519 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އެ މަޝްރޫއަކީ 22.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.