ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހު 28 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
ރައީސް އޮފީހުން ވަނީ މި ކޮމިޝަނުގެ މެމްބރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ރައީސް އޮފީހުގެ ރިސެޕްޝަނުގެ އިތުރުން ރައީސް އޮފީހުގެ ވެބްސައިޓް https://presidency.gov.mv ޑައުންލޯޑް ކުރެވޭނެކަމަށް ބުނެފައެވެ.