ކައުންޓާޓެރެރިޒަމް ވަރުގަދަ ކުރުމުގެ އެގްރީމަންޓެއްގައި ރާއްޖެއިން އެމެރިކާއާއެކު ސޮއިކޮށްފި އެވެ.
މި އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ މިނިސްޓަ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އެމެރިކާގެ ވޮޝިންގްޓަން ޑީސީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދު މި ބައްދަލު ވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަ ޝާހިދު ސޮއި ކުރެއްވިއިރު، އެމެރިކާގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑިޕާޓްމަންޓް އޮފް ސްޓޭޓް އޮފް ބިއުރޯ އޮފް ކައުންޓާޓެރެރިޒަމްގެ ޕްރިންސިޕަލް ޑެޕިއުޓީ ކޯޑިނޭޓާ އަލިނާ ރޮމަނޮސްކީ އެވެ.
މިއަދު ސޮއި ކުރި ކައުންޓާޓެރެރިޒަމްގެ އެގްރީމަންޓުގެ ދަށުން ރާއްޖޭގައި ކައުންޓާޓެރެރިޒަމް ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީގެ ވަރުގަދަކުރުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.