ދުންޔާ މައުމޫން

ދުންޔާ، ފިތުނަ އުފައްދަން އުޅޭ މީހުންނަށް: އަހަރެންނާއި ކޮއްކޮގެ ލޯބި މާ ވަރުގަދަ ވާނެ

ކޮއްކޮ ޔުމްނާ މައުމޫނާއި އޭނާ އާއި ދެމެދު ފިތުނަ އުފައްދަން ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމެއް ބުނެ، އެފަދަ ފަރާތްތަކަށް ދުންޔާ މައުމޫނު މެސެޖެއް ދެއްވައިފި އެވެ.

ދުންޔާ މީގެ ގަޑިއެއްހާ އިރު ކުރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އާއި ޔުމްނާ އާއި ދެމެދު އޮތީ ވަރުގަދަ ލޯތްބެއް ކަމަށެވެ.

"ބައްޕަ ރައީސް މައުމޫން ސަލާމަތްކުރުމަށް ކުރުމަށް ޓަކައި މުޅި އާއިލާ ކުރި މަސައްކަތުގައި ޔުމްނާ އަދާކުރެއްވި ރޯލަށް އަހަރެން ތައުރީފުކުރަން. ޔުމް އަށް އަހަރެން ހުރިހައި ކަމެއްގައި ވެސް ކާމިޔޔާބީ އަށް އެދެން،" ދުންޔާގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ދުންޔާ މިގޮތަށް ޓްވީޓް ކުރައްވާފައިވާ އިރު، ރައީސް މައުމޫނު މިނިވަންވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ބޭރުގެ ޑިޕްލޮމޭޓުންނާ އެކު ބާއްވަވާ ގިނަ ބައްދަލުވުންތަކުން ޔުމްނާގެ ބަދަލުގައި ދުންޔާ ފެންނާތީ ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި އެވާހަކަ ދައްކަން ފަށައިފަ އެވެ.

އެފަދަ ބައެއް ފަރާތްތަކުން ބުނެފައި ވަނީ ރައީސް މައުމޫނު ސަލާމަތްކުރެއްވުމަށް ޓަކައި އެންމެ ފުރަތަމަ ދުވަހުއްސުރެ ހުރިހައި ގުރުބާނީއެއް ވެވަޑައިގެންނެވީ ޔުމްނާ ކަމަށާއި ދުންޔާ ސަރުކާރުން އިސްތިއުފާ ދެއްވީ ވެސް ފަހު ވަގުތު ކަމަށެވެ.