ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މާރިޔާގެ އިތުބާރު ނެތް މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް: އަލީ ވަހީދު

ޝަހީދާ އަބްދުﷲ ސައީދު

1

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވައްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިފާއީ ވަޒީރު މާރިޔާ އަހުމަދަކީ ކެބިނެޓްގެ ހިތްވަރު ގަދަ ގާބިލު ވަޒީރެއް ކަމަށެވެ.

އަދި ގައުމު ހަލަބޮލި ކުރުމަށް ޒާތީ ގޮތުން އެއްވެސް ބަޔަކު ކުރާ މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މާރިޔާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމާއި ރާއްޖޭގެ ކަނޑާއި އިގުތިސާދީ ހާއްސަ ސަރަހައްދު ހިމާޔަތްކުރުމާއި ގުޅޭ ގޮތުން މިނިސްޓަރު މާރިޔާ ކުރައްވާ މަސައްކަތާ ބެހޭ ގޮތުން ސުވާލުކުރެއްވުމަށް މާރިޔާ މަޖިލީހަށް ހާޒިރުކުރުމަށް މިމަހުގެ އެގާރަ ވަނަ ދުވަހު ވަނީ ނޯޓިސް ފޮނުވާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟