ޚަބަރު

"ގަޟާއީ އަހަރު 2019" ރައީސް އިފްތިތާހުކުރައްވައިފި

އަހުމަދު ޖައިޝަން

"ގަޟާއީ އަހަރު 2019" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ އިފްތިތާހުކުރައްވައިފި އެވެ.

ޝަރުއީ ދާއިރާގައ މަސައްކަތްކުރާ ފަރާތްތަކުން އެއްތަނަކުން ބައްދަލުވާ އެ ހަފްލާއަކީ ފަނޑިޔާރުންނާއި މުވައްޒަފުން އެއް ތަނަކުން ބައްދަލުވުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަބްދުﷲ ނަޒީރު ވިދާޅުވީ އެ ޖަލްސާއަކީ އާ އަހަރަކަށް ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ މަސައްކަތްތައް ފެށުމުގެ ޖަލްސާކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ގަޟައީ 2019 ވަނަ އަހަރު ޖަލްސާއަކީ ރާއްޖޭގައި ފާއިތުވި އަހަރު ޝަރުއީ ދާއިރާގައި ކުރިއަށް ގެންދިޔަ މަސައްކަތްތައް ބަލައި އެ މަސައްކަތްތައް ފާހަގަކުރުން ކަމަށެވެ.

އަދި މިއަހަރުގައި ޝަރުއީ ދާއިރާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ފާހަގަކޮށް އެކަންތަކަށް ވާހަކަ ދެއްކުމަކީވެސް އެ ޖަލްސާގެ ބޭނުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.