ޚަބަރު

ކޮމަންޑޫ ބައި އިލެކްޝަން: ނަތީޖާ އިއުލާންކުރުން ކުރިއަށް

06 Feb 06:35

ވަގުތީ ނަތީޖާ:

  • މުހައްމަދު ރާޝިދު (އެމްޑީޕީ) - 1401 ވޯޓު (%48.56)
  • މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 1161 ވޯޓު (%40.24)
  • އަބްދުލް ހަންނާން އިދުރީސް (އެމްއެންޕީ) - 323 ވޯޓު (%11.20) 
06 Feb 06:32

މާލޭގައި ބަހައްޓާފައި ހުރި އެއް ނަމްބަރު ވޯޓު ފޮށި:

  • މުހައްމަދު ރާޝިދު (އެމްޑީޕީ) - 280 ވޯޓު
  • މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 242 ވޯޓު
  • އަބްދުލް ހަންނާން އިދުރީސް (އެމްއެންޕީ) - 88 ވޯޓު
  • ބާތިލު: 9
  • ވޯޓުލީ މީހުންގެ އަދަދު: 619
  • ވޯޓުލުމަށް ހައްގު ލިބިގެންވާ މީހުންގެ އަދަދު: 693
06 Feb 05:01
06 Feb 04:31

މިވަގުތުގެ ނަތީޖާ:

  • މުހައްމަދު ރާޝިދު (އެމްޑީޕީ) - 1116 ވޯޓު
  • މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 922 ވޯޓު
  • އަބްދުލް ހަންނާން އިދުރީސް (އެމްއެންޕީ) - 235 ވޯޓު
06 Feb 04:22

މާލޭގައި ބަހައްޓާފައި ހުރި ދެ ނަމްބަރު ވޯޓު ފޮށި:

  • މުހައްމަދު ރާޝިދު (އެމްޑީޕީ) - 237 ވޯޓު
  • މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 179 ވޯޓު
  • އަބްދުލް ހަންނާން އިދުރީސް (އެމްއެންޕީ) - 68 ވޯޓު
  • ބާތިލު: 11
  • ވޯޓުލީ މީހުންގެ އަދަދު: 495
  • ވޯޓުލުމަށް ހައްގު ލިބިގެންވާ މީހުންގެ އަދަދު: 607
06 Feb 04:01

ފޯކައިދޫގައި ބަހައްޓާފައި ހުރި އެއް ނަމްބަރު ވޯޓު ފޮށި:

  • މުހައްމަދު ރާޝިދު (އެމްޑީޕީ) - 195 ވޯޓު
  • މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 201 ވޯޓު
  • އަބްދުލް ހަންނާން އިދުރީސް (އެމްއެންޕީ) - 13 ވޯޓު
  • ބާތިލު: 3
  • ވޯޓުލީ މީހުންގެ އަދަދު: 412
  • ވޯޓުލުމަށް ހައްގު ލިބިގެންވާ މީހުންގެ އަދަދު: 459
06 Feb 03:44

ފޯކައިދޫގައި ބަހައްޓާފައި ހުރި ދެ ނަމްބަރު ވޯޓު ފޮށި:

  • މުހައްމަދު ރާޝިދު (އެމްޑީޕީ) - 225 ވޯޓު
  • މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 200 ވޯޓު
  • އަބްދުލް ހަންނާން އިދުރީސް (އެމްއެންޕީ) - 12 ވޯޓު
  • ބާތިލު: 9
  • ވޯޓުލީ މީހުންގެ އަދަދު: 446
  • ވޯޓުލުމަށް ހައްގު ލިބިގެންވާ މީހުންގެ އަދަދު: 471
06 Feb 03:29

ކޮމަންޑޫގައި ބަހައްޓާފައި ހުރި ދެ ނަމްބަރު ވޯޓު ފޮށި:

  • މުހައްމަދު ރާޝިދު (އެމްޑީޕީ) - 159 ވޯޓު
  • މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 92 ވޯޓު
  • އަބްދުލް ހަންނާން އިދުރީސް (އެމްއެންޕީ) - 64 ވޯޓު
  • ބާތިލު: 2
  • ވޯޓުލީ މީހުންގެ އަދަދު: 317
  • ވޯޓުލުމަށް ހައްގު ލިބިގެންވާ މީހުންގެ އަދަދު: 347
06 Feb 03:26

މަރޮށީގައި ބަހައްޓާފައި ހުރި ވޯޓު ފޮށި:

  • މުހައްމަދު ރާޝިދު (އެމްޑީޕީ) - 161 ވޯޓު
  • މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 95 ވޯޓު
  • އަބްދުލް ހަންނާން އިދުރީސް (އެމްއެންޕީ) - 41 ވޯޓު
  • ބާތިލު: 10
  • ވޯޓުލީ މީހުންގެ އަދަދު: 307
  • ވޯޓުލުމަށް ހައްގު ލިބިގެންވާ މީހުންގެ އަދަދު: 367
06 Feb 03:25

ކޮމަންޑޫގައި ބަހައްޓާފައި ހުރި އެއް ނަމްބަރު ވޯޓު ފޮށި:

  • މުހައްމަދު ރާޝިދު (އެމްޑީޕީ) - 144 ވޯޓު
  • މޫސާ ފަތުހީ އާދަމް (ޕީޕީއެމް) - 152 ވޯޓު
  • އަބްދުލް ހަންނާން އިދުރީސް (އެމްއެންޕީ) - 37 ވޯޓު
  • ބާތިލު: 3
  • ވޯޓުލީ މީހުންގެ އަދަދު: 336
  • ވޯޓުލުމަށް ހައްގު ލިބިގެންވާ މީހުންގެ އަދަދު: 365

ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ގިނަ ވޯޓު ފޮށިތަކެއް ބަންދުކޮށް ވޯޓު ގުނަން ފަށައި، ނަތީޖާ އިއުލާންކުރަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ވޯޓު ގުނަން ފަށާފައިވާ ކަމަށެވެ.

ފުރަތަމަ ގުނަން ފަށާފައިވަނީ އެންމެ ފުރަތަމަ ބަންދުކުރި، ކޮމަންޑޫގައި ބެހެއްޓި ދެވަނަ ފޮއްޓާއި، ފޯކައިދޫގެ އެއްވަނަ ފޮއްޓެވެ.

ހަބީބު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ މާލޭގައި ބެހެއްޓި ކޮމަންޑޫގެ ވޯޓު ފޮށި ފިޔަވައި އެހެން ހުރިހާ ފޮއްޓެއް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

މި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ، ކޮމަންޑޫ އާއި ފޯކައިދޫގައި ދެ ވޯޓު ފޮށި އަދި މަރޮށީގައި އެއް ފޮށީގެ އިތުރުން މާލޭ އިސްކަންދަރު ސްކޫލުގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އެއީ ކޮމަންޑުއަށް އެއް ފޮށި އަދި މަރޮށި، ފޯކައިދުއަށް އެއް ފޮއްޓެވެ.

ހަބީބު ވިދާޅުވެފައިވަނީ ބަންދު ނުކުރެވި ވަނީ ހަމައެކަނި މާލޭގައި ބެހެއްޓި ކޮމަންޑޫގެ ވޯޓު ފޮށި ކަމަށެވެެ.

މިއަދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. އޭގެ ތެރެއިން 3:00 އިން ފެށިގެން 4:00 އަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލުމަށް ހާއްސަ ގަޑިއެއްގެ ގޮތުގައި އޮތީ ކަނޑައަޅައިފައެވެ.