ބުރިޖު ހުރަސްކޮށް ދަތުރުފަތުކުރުމުގެ އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފި އެވެ.
ޓްރާންސްޕޯރޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެ އިން ހުޅުމާލެ އަށް ނުވަތަ ހުޅުމާލެ އިން މާލެ އަށް ކުރާ ދަތުރަކަށް ޓެކްސީ ކާރުން ނެގޭނީ އެންމެ ގިނަވެގެން ކޮޅަކަށް 40 ރުފިޔާ ކަމަށެވެ.
ކާރުގެ ޑިކީއަށް ދާގީނާއެއް އަރުވައިގެން ކުރާ ދަތުރެއް ނަމަ ދަތުރު ފީގެ އިތުރުން ފަސް ރުފިޔާ ނެގޭނެ ކަމަށާއި، މެންދަމު 12 އާއި ހެނދުނު ހަޔަކާ ދެމެދު ކުރާ ދަތުރެއް ނަމަ ދަތުރު ފީގެ އިތުރުން ފަސް ރުފިޔާ ނެގޭނެ ކަމަށެވެ.
އަދި މާލެ އިން ހުޅުމާލެ އަށް ނުވަތަ ހުޅުމާލެ އިން މާލެ އަށް ކުރާ ސައިކަލް ޓެކްސީ ދަތުރަކަށް ނެގޭނީ އެންމެ ގިނަވެގެން 20 ރުފިޔާ ކަމަށެވެ.
ޓެކްސީ ކާރުގެ އަގުތައް:
- - މާލޭ އެއްތަނުން އަނެއް ތަނަށް ކުރާ ދަތުރަކަށް - 25 ރުފިޔާ
- - ހުޅުމާލެ އެއްތަނުން އަނެއް ތަނަށް ކުރާ ދަތުރަކަށް - 25 ރުފިޔާ
- - މާލެ އިން ހުޅުލެ އަށް ނުވަތަ ހުޅުލެއިން މާލެ އަށް ކުރާ ދަތުރަކަށް - 35 ރުފިޔާ
- - ހުޅުމާލެ އިން ހުޅުލެ އަށް ނުވަތަ ހުޅުލެ އިން ހުޅުމާލެ އަށް ކުރަ ދަތުރަކަށް - 35 ރުފިޔާ
- - މާލެ އިން ހުޅުމާލެ އަށް ނުވަތަ ނުވަތަ ހުޅުމާލެ އިން މާލެ އަށް ކުރާ ދަތުރަކަށް - 40 ރުފިޔާ
- - މެންދަމު 12 އާއި ހެނދުނު 6 އާއި ދެމެދު ކުރާ ދަތުރެއް ނަމަ ދަތުރުފީގެ އިތުރުން 5 ރުފިޔާ
- - ޑިކީއަށް ދާގީނާއެއް އަރުވައިގެން ކުރާ ދަތުރެއްނަމަ ދަތުރު ފީގެ އިތުރުން 5 ރުފިޔާ
ސައިކަލް ޓެކްސީގެ އަގުތައް:
- - މާލެ އެއްތަނުން އަނެއް ތަނަށް ކުރާ ދަތުރަކަށް - 10 ރުފިޔާ
- - ހުޅުމާލެ އެއްތަނުން އަނެއް ތަނަށް ކުރާ ދަތުރަކަށް - 10 ރުފިޔާ
- - މާލެ އިން ހުޅުލެ އަށް ނުވަތަ ހުޅުލެ އިން މާލެ އަށް ދަތުރަކަށް - 15 ރުފިޔާ
- - ހުޅުމާލެ އިން ހުޅުލެ އަށް ނުވަތަ ހުޅުލެ އިން ހުޅުމާލެ އަށް ދަތުރަކަށް - 15 ރުފިޔާ
- - މާލެ އިން ހުޅުމާލެ އަށް ނުވަތަ ހުޅުމާލެ އިން މާލެ އަށް ދަތުރަކަށް - 20 ރުފިޔާ
ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މާލެ، ހުޅުމާލެ އަދި ބުރިޖު ހުރަސްކޮށް ދަތުރުކުރާ ޓެކްސީ ކާރު އަދި ސައިކަލް ޓެކްސީ ތަކުން މި ރޭޓުތަކާއި އެއްގޮތަށް އަމަލުކުރުމަށް އަންގާފަ އެވެ.