ޚަބަރު

ހައްގު ފިޔަވަޅެއް އެޅުމަކީ އަނިޔާވެރިވުމޭ ބުނެވޭނީ ކޮންފަދައަކުން: އިމްރާން

އަހުމަދު ޖައިޝަން

ހައްގު ގޮތުގައި ކުރަން ޖެހޭ ކަމެއްކޮށް އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ އަނިޔާވެރިވުމޭ ބުނެވޭނީ ކޮންފަދައަކުން ކަމަށް ފާހަގަކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސުވާލުކުރައްވައިފި އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރު މިހެން ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިއަދު ހައްޔަރުކޮށްގެން މާފުށީ ޖަލަށް ގެންގޮސްފައެވެ.

އެމަނިކުފާނު ޖަލަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެންނެވެ.