ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް އަދުލުވެރިކަމާއި ހާމަކަމާއެކު ކުރިއަށްގެންދިއުމަށް ގާނޫނީ ވަކީލު ހުސައިން ޝަމީމް ގޮވާލައިފި އެވެ.
ޝަމީމް މިގޮތަށް ގޮވާލާފައިވަނީ ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން މި ޓުވީޓުގައި ޝަމީމް ވަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާ ކަމަށްވާ އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތް ކުރުމުގެ މާއްދާގެ ތެރެއިން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ޖުޑިޝަރީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްއަށް ގޮވާލައިފައެވެ. މީގެ އިތުރުން މިއީ ރައީސް ޔާމީންގެ އިތުރުން ރައްޔިތުންގެ ހައްގެއް ކަމަށާއި، ބަދަލު ދެއްކުމަށް ޝަމީމް ގޮވާލެއްވި އެވެ.
ރައީސް ޔާމީން މިއަދު ކްރިމިނަލް ކޯޓެއްގެ އަމުރުގެ ރަށުން ހައްޔަރު ކުރެވިފައިވަނީ ޝަރީއަތް ނިމެންދެނެވެ. އެގޮތުން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެމްއެމްޕީއާރްސީގެ މަނީ ލޯންޑަރިން މައްސަލައިގައި ހެކީންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގަ އެވެ. އެގޮތުން ހައްޔަރުކޮށްގެން ރައީސް ޔާމީން ވަނީ މާފުށީ ޖަލަށް ގެންދެވިފައެވެ.