މުހައްމަދު ޖަމްޝަތް ވަހީދު
ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް އިން އެއް އަހަރު ދުވަހަށް ހިލޭ ފެން ލިބޭ "ގިވް އަވޭ" ޕްރޮމޯޝަނެއް ފަށައިފިއެވެ.
އައިލެންޑް ބެވަރޭޖަސް އިން ފޭސްބުކްގައި ކުރިއަށްގެންދާ "ތާޒާ އަހަރަކަށް ތާޒާ" ޕްރޮމޯޝަނަކީ މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވޭނީ ބައިވެރިންގެ ތެރެއިން އެންމެ ފަރާތެއް ކަމަށާއި އެ ފަރާތަށް އިނާމެއްގެ ގޮތުގައި އެއް އަހަރުގެ ދުވަހަށް ކޮންމެ މަހަކު ތާޒާ ބްރޭންޑުގެ ފަސް ލީޓަރުގެ ފަސް ކޭސް ފެން ހިލޭ ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ޕްރޮމޯޝަން ގައި ބައިވެރިވުމަށް ތިން ކަމެއް ކުރަންޖެހެއެވެ. އެއީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖު ލައިކް ކުރުމާއި، އެ ޕްރޮމޯޝަންގެ އޮރިޖިނަލް ޕޯސްޓުގެ ކޮމެންޓް ސެކްޝަނުގައި #TaZa ޖެހުމަށްފަހު ދެ އެކުވެރިން ޓެގު ކުރުން އަދި އެ ޕޯސްޓު ޕަބްލިކްކޮށް ޝެއާ ކުރުމެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިންގެ މެދުގައި ގުރު ނެގުން އޮންނާނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ކަމަށް އެކުންފުނިން ބުނެއެވެ.